މި މެއި މަހުގެ 11 ވަނަ ދުވަހު ފާހަގަކުރި މައިންގެ ދުވަހުގެ މުނާސަބަތުގައި ހޮލީވުޑްގެ ތަރި އެމްބާ ހާޑް ވަނީ އޭނާއަށް އެއްމާބަނޑު ދެ ކުދިން ލިބުނުކަން އިއުލާން ކޮށްފަ އެވެ.

މި އިއުލާނާއެކު ގިނަ ބަޔަކު ކުރަން ފެށި ސުވާލަކީ އޭނާއަށް ލިބުނު ދަރިންގެ ބައްޕައަކީ ކާކުތޯ އެވެ. އެ ސުވާލުތަކަށް އެމްބާ ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް އެމްބާގެ ހަގު ދެ ކުދިންގެ ބައްޕައަކީ އޭނާ އެއް އިރެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މަހުޖަނު އިލަން މަސްކް ކަމަށް ބައެއް ހަބަރުތަކުން ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމީހުން އެކުގައި އުޅުނު ދުވަސްވަރު ދަރިން ހޯދަން ބޭނުންވާތީ އެމްބާ ވަނީ އޭނާގެ އެމްބްރިއޯސް ފްރީޒް ކޮށްފަ އެވެ.

އެހެން ކަމުން އެމްބާއަށް މިފަހުން ލިބުނު ދަރިންނަކީ އެ އެމްބްރިއޯސްއާއި ދަރިފަނި ބޭނުން ކޮށްގެން ވިހެއި ދަރިންތަކެއް ކަމަށް އެ ރިޕޯޓުތައް ބުނެ އެވެ.

އެ ދެމީހުންގެ ގުޅުން ނިމުމަށްފަހު މި މައްސަލާގައި އިލަން ވަނީ އެމްބާއާ ދެކޮޅަށް ކޯޓަށް ވެސް ގޮސްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.

ބައެއް ނޫސްތަކުން މިފަދަ ރިޕޯޓުތަކެއް ނެރެފައި ވިޔަސް އެމްބާ ދެވަނަ ފަހަރަށް ބަލިވެ އިނީ ސްޕާމް ޑޯނާއެއްގެ އެހީގައި ކަމަށް ވެސް ބުނެވެ އެވެ.

މަންމައިންގެ ދުވަހާ ގުޅިގެން އެމްބާ ކުރި ޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭނާއަށް ދެ ޖިންސުގެ އެއްމާބަނޑު ދެބެއިން ލިބިފައިވާ ކަމަށާއި އަންހެން ދަރިފުޅަށް އިގްނެސް ކިޔާފައިވާއިރު ފިރިހެން ދަރިފުޅުގެ ނަމަކީ އޯޝަން ކަމަށެވެ.