ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފާއި އިތުރު މީހެއްގެ މައްޗަށް ނުވަ ލައްކައެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ނަބީހު އާއި ގއ. ކޮލަމާފުށީ އިތުރު މީހެއްގެ މައްޗަށް ޑީބްލޫ ޕްރައިވެޓް ލިމިޓެޑުން ދައުވާކުރީ އެ ދެ މީހުން ކުއްޔަށް ހިފާފައިވާ ކެފޭއަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުލި ނުދައްކާ ކަމަށް ބުނެ, ކުލީގެ ގޮތުގައި 880,000ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15,000ރ. ހޯދުމަށެވެ.
ސިވިލް ކޯޓުން އެ ދެ މީހުންގެ ޣައިރު ހާޒިރުގައި މިއަދު ކުރި ހުކުމުގައިވަނީ އެ ފައިސާ އެ ދެ މީހުން ދައްކަން ޖެހޭކަން ސާބިތުވާތީ މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށެވެ.
އެ ދެ މީހުންގެ ޣައިރު ހާޒިރުގައި ހުކުމްކުރީ އެ މައްސަލާގައި އެ ދެ މީހުންގެ ފަރާތުން ދިފާއުއެއް ހުށަހަޅާފައި ނުވާތީ ކަމަށް ހުކުމުގައިވެ އެވެ.