ހޮލީވުޑްގެ ތަރިން ކަމަށްވާ ކޭޓް ބޮސްވޯތު އަދި ޖަސްޓިން ލޯންގަށް ދަރިއަކު ލިބިއްޖެ އެވެ. ދެ ތަރިންނަށް ލިބިފައިވަނީ އަންހެން ދަރިއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ މީހުންނަށް ދަރިއަކު ހޯދާފައިވަނީ ސަރޮގޭޓްކޮށެވެ. މިކަން ރަސްމީކޮށް އިއުލާންކޮށްފައިނު ވެއެވެ.
ނަމަވެސް ކޭޓްގެ 41 ވަނަ އުފަންދުވަހާއި ގުޅިގެން ޖަސްޓިން ކުރި އިންސްޓަގްރާމް ޕޯސްޓެެއްގައި ދެ ތަރިން ދަރިން ހޯދަން ވިސްނާކަން ހާމަވާފަދަ ގޮތަކަށް ވަނީ ލިޔެފަ އެވެ.
ޖަސްޓިން އާއި ކޭޓް ފުރަތަމަ ބައްދަލުވީ 2021 ވަނަ އަހަރު ހައުސް އޮފް ޑާކްނަސް ގެ ސެޓުންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. 2023 ވަނަ އަހަރު އެންގޭޖް ވުމަށްފަހު ކައިވެނި ކުރީ މިދިޔަ އަހަރު އެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި