ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން ވިޔަފާރިވެރިޔާ ކަބީރު ބާހިއާއެކު ފްރާންސްގެ ކްރޫޒް ލައިނާއެއްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ކްރިތީ އިންސްޓަގްރާމްގައި ކުރޫޒް ލައިނާގައި އުޅޭ ފޮޓޯތައް ހިއްސާކުރަމުންދާއިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުފެތުރިފައިވާ ކަބީރު ބާހިއާ ވެސް އިންސްޓަގްރާމުގައި ދަނީ އެ ކްރޫޒް ލައިނާގެ ފޮޓޯތައް ހިއްސާކުރަމުންނެވެ. ނަމަވެސް ދެމީހުން އެކުގައި އުޅޭކަން ކަށަވަރު ވާފަދަ ފޮޓޯއެއް ހިއްސާ ނުކުރެ އެވެ.

ކްރިތީ އާއި ކަބީރު ވަނީ ވަރަށް ފަހުން އިންޑިއާ އާއި ލަންޑަން ކުޅުނު ކްރިކެޓް މެޗް ބެލުމަށް ލަންޑަންގެ ލޯޑްސްގެ ސެޓޭދިއަމްއެއްގައި ތިއްބާ ފެނިފަ އެވެ. ދެމީހުން ވަނީ އެކުގައި ތިބި ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ.

ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އެކުގައި ފެންނަން ފެށުމުން ގިނަ ބަޔަކު ދަނީ ކްރިތީ އާއި ކަބީރުގެ ގުޅުގެ ވާހަކަ ދައްކަމުންނެވެ.