އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބީއެމްއެލް އިން ސަރުކާރުގައި އެދުމުން، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ބީއެމްއެލް އިން އެކަން ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ފެނަކައިން ކޮންމެ ދެ މަހުން ކޮމިޓީއަށް ރިޕޯޓު ހުށަހަޅަން ބުނެފި
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
