ހަފަހަރު ޑަބްލިޔުސީޑަބްލިޔު ވޯލްޑް ހެވީ ވެއިޓް ޗެންޕިއަންކަން ހޯދާފައިވާ ހަލްކް ހޯގަން ބުރާސްފަތި ދުވަހު ހެނދުނު މަރުވެއްޖެ އެވެ.

އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ މަރުވީ އެމެރިކާގެ ފްލޮރިޑާގަ އެވެ.

ހަލްކް ހޯގަން މަރުވެފައި މިވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ހާލަތު ވަރަށް ގޯސްކަމަށާއި އޮތީ ކޯމާގައި ކަމަށް ބުނެ ފެތުރު އަޑުތައް އޭނާގެ އަންހެނުން ދޮގުކޮށްފައިވަނިކޮށެވެ. އޭރު ހަލްކްގެ އަންހެންނުން ބުނީ އޭނާ ހުރީ ހެޔޮހާލުގައި ކަމަށާއި ބައިވަރު ސާޖަރީތަކަކަށްފަހު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ހަލްކް ހޯގަން އަކީ ރެސްލިންއަކީ މީހުން ބަލަން މަގުބޫލު އެއްޗަކަށް ބަދަލުކޮށްލި އެކަކެވެ. އޭރު ހަލްކް އަކީ ގިނަ ބަޔަކަށް ކަމުދާ މޮޅު ރެސްލިން ތަރި މީހެކެވެ. ހޮލީވުޑް ހަލްކްގެ ނަމުން ނަންދީފައިވާ ހަލްކް އަކީ ރެސްލިންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވި ފަންނާނެކެވެ.

އެގޮތުން ސަބާބަން ކޮމާންޑާ އަދި މރ. ނަނީ ފަދަ ބައެއް ފިލްމު ތަކުން އޭނާ ފެނިގެން ގޮސްފައިވެ އެވެ.