ރަޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި އެވެ.
ރޭގެ ވަގުތެއްގައި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އައްސޭރި ކަމްޗަޓްކާއަށެވެ. ބިން ހެލުން އައީ 7.6 ގެ ބާރުމިނުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވެއެވެ.
ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެ ސަރަހައްދުގެ އައްސޭރިފަށަށް ކޮންމެވެސް ވަރަކަށް ރާޅު އެރިކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވެއެވެ.
ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް ކަމަށެވެ. އަދި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. ބިންހެލުން އައީ ރާއްޖެއާ 9432 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ.
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި