ވިލިމާލެ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ވެއްޓުނު އެ ގައުމުގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިން އެ މީހާ ވެއްޓުނުކަން ރިޕޯޓްކުރުމާއެކު ސިފައިން ހަރަކާތްތެރިވާން ފެށީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ ކ. ފޭދޫ ފިނޮޅު ކައިރިން މިއަދުގެ ވަގުތެއްގައި އެ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑު ސިފައިން ވަނީ މިހާރު ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ވެއްޓުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދުތަކުންނާއި އެއާކޯގެ ޑްރޯން އިން މަސައްކަތް ކުރި އެވެ. އޭނާ ފެނުނީ މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަށެވެ.
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
ޔާމީން ގޭގައި ހުންނެވުމަކީ ގައުމު ލަދުވެތިވާންޖެހޭ ކަމެއް: ފަލާހު
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މީހުން ޖަލަށްލުމަށް ހުކުމްކޮށްފި
