ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިރޭ 11:25 ގައި މަރުވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރެއިން 64 މީހުންނަކީ ދިވެހީންނެވެ. ދެން ހިމެނެނީ ހަތް ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 26,505 މީހުންނަށެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،735 އެވެ. އޭގެތެރެއިން 68 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
ޖަރުމަނުގައި 15 މީހުން މަރާލި ޑޮކްޓަރު އުމުރުދުވަހަށް ޖަލަށް
