ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 13 އެންޖީއޯއަކަށް ޖުމްލަ 678،800 ރުފިޔާ ދިރާގުން ހަދިޔާކޮށްފި އެވެ.
ޑީއެމްއާރްއާރްގއ އިނާމު ދިނުމަށާއި އެންޖީއޯތަކަށް ޑޮނޭޝަން ހަވާލުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީނިއާ މެނޭޖާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ޝިޔާރަކީ އަބަދުވެސް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭ ދާއިރާއެއްކަމަށްވާ ކުޑަކުދިން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުން ކަމަށެވެ.
"މި އަހަރު އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދިޔައީ ކުޑަކުދިން ރައްކާތެރިކުރުމަށާއި، ހުރިހާ ކުދިން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ 13 އެންޖީއޯއަކާ ގުޅިގެން. މި މަގުސަދުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، މި އަހަރު ޑީ.އެމް.އާރް.އާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށް %100 އޮފް-ސެޓްކޮށްފައި. ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ހަމައެކަނި ދުވުމެއް ނޫން. މިއީ ޓެކްނޮލޮޖީ އަދި ސަސްޓެއިނަބިލިޓީ އިސްކޮށް ޒިންމާދާރު އަދި މުހިންމު އިޖުތިމާއީ މަގުސަދުތެކެއް ހާސިލު ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތެއް،" ބިޝާރާ ވިދާޅުވި އެވެ.
މި އަހަރުގެ ދުވުމަށް ރަސްޖިސްޓަރީ ކުރި އިރު ކޮންމެ ދުވުންތެރިއަކަށް ވެސް އެ ދުވުންތެރިއަކު އިހްތިޔާރުކުރާ އެންޖީއޯއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވައިލައި، ދުވުމުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަށް ބަހާލާ ގޮތަށް ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ދިރާގުން ވަނީ ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު 478،800 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނާ އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ. މިއާއެކު، މި އަހަރު ޑީއެމްއާރްއާރް މެދުވެރިކޮށް ޖުމްލަ 678،800 ރުފިޔާ ވަނީ އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ. މި އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފަށައިގަތުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެ އެވެ.
ދުވުންތެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް ވެސް ވަނީ 76،831 ރުފިޔާ ހަދިޔާކޮށްފަ އެވެ.
އެ އެންޖީއޯތަކަކީ:
1. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
2. ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
3. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
4. މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ
5. އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން - އާކް
އަދި ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އެންޑޯސްކޮށްފައިވާ އަނެއް ހަތް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް ދިރާގުން ވަނީ 36،831 ރުފިޔާ ހަދިޔާކޮށްފައެވެ. އެ އެންޖީއޯތަކަކީ:
- ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
- ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް)
- ކެއަރ ސޮސައިޓީ
- މޮމްސް އެއިޑް
- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
- ވީލްޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވައިފައިވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
އަދި، މި ދުވުން އަންނަ އަހަރު ބާއްވާ ތާރީހަކީ 30 އޮކްޓޫބަރު 2026 ކަމުގައި ދިރާގުން ވަނީ އިއުލާނުކޮށްފައެވެ.
ޓްރަމްޕްގެ ގާޒާ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ
ޓްރަމްޕްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
