މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މަރުވި ދަރްމެންދްރާއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކަށް ވާއިރު މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި އެތައް ކްރޯޑް ރުޕީސްއެއްގެ މުދާ ހުއްޓެވެ.
އެގޮތުން މުމްބާއީގެ އިތުރުން ވެސް އޭނާގެ އުފަން އަވަށް ޕަންޖާބުގެ ނަސްރާލީގައި ވެސް ދަރްމެންދްރާގެ މުދާ ހުރި ކަމަށް ބުނެވެ އެވެ. އެހެން ނަމަވެސް އެ އަވަށުގައި ހުރި އޭނާގެ ބިމާއި އެނޫން ވެސް މުދާ ލިބޭނީ އޭނާގެ ދަރިންނަކަށް ނޫނެވެ.
ހަބަރުތައް ބުނާ ގޮތުގައި ދަރްމެންދްރާ އުޅެ ބޮޑުވި އެ އަވަށުގައި އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވި ދަނޑުވެރިކަންކުރާ ބިމެއް އޮތް ނަމަވެސް އެ ބިން ބަލަހައްޓައި އެތަނުގައި ދަނޑުވެރިކަން ކުރަނީ އޭނާގެ ދެބެއިންގެ ދެދަރި އާއިލާ މެމްބަރުންނާއި އެމީހުންގެ ދަރިންނެވެ.
އެހެން ކަމުން ދަރްމެންދްރާގެ ހަޔާތުގައި އެންމެ ފަހުން 2015 ވަނަ އަހަރު އެ އަވަށަށް ކުރި ދަތުރުގައި އޭނާ ވަނީ އެ ބިމުގެ ގާނޫނީ މިލްކުވެރިކަން އެ ބިން ބަލަހައްޓަމުންދިޔަ އޭނާގެ އާއިލާ މެމްބަރުންނަށް ދީފަ އެވެ.
މިކަން ޔަގީން ކޮށްދެމުން އެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މެމްބަރަކު ބުނީ އެ ބިން ބަލަހައްޓަމުން އައީ އެމީހުން ކަމަށާއި އޭގެ ބަދަލެއްގެ ގޮތުގައި ދަރްމެންދްރާ އަމިއްލައަށް އެމީހުންނަށް އެ ބިން ދިނީ ކަމަށެވެ.
އުމުރުން 89 އަހަރުގައި ދަރްމެންދްރާ މަރުވެފައިވަނީ ސިއްހީ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލިތާ މާ ގިނަ ދުވަސް ނުވަނީހެވެ.
މުޅި ލ. ގަމަކަށް އަލުން ކަރަންޓް ދީފި
ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުން ދީފި
ފިސްކަލް ޒިންމާ ގާނޫނަށް އަމަލުކުުރުން ފަސްކޮށްފި