ޕީއެންއެފްއިން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާ ކަމަށް އެ ޕާޓީން އިއުލާންކޮށްފައިވާ "ރީސެޓް" ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާތަނަށް ކަަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅުހެދުމުން އެ ޕާޓީގެ ރައީސް އަބްދުالله ޔާމީންގެ އަމިއްލަ ޖެނެރޭޓަރު ގެންގޮސް ޖަލްސާ ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
ޕީއެންއެފް އިން ރީސެޓް ޖަލްސާ ބާއްވަނީ މިރޭ 8:30ގައެވެ. ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓްފިޝަލް ބީޗް ސަރަހައްދުގަ އެވެ.
ސްޓެލްކޯ އިން ވަނީ ޖަލްސާ ބާއްވާ ސަރަހައްދަށް ކަރަންޓު ދޭން ދެކޮޅު ހަދައި، އެ ސަރަހައްދުގައި ހުރި ކޭބަލްތަށް ވެސް ނަގާފަ އެވެ.
ޕީއެންއެފް އިން ތުހުމަތުކުރާގޮތުގައި މިއީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ސްޓެލްކޯއިން ކުރި ކަމެކެވެ.
މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވާނެ ކަމަށް ޕީއެންއެފް އިން ބުންޏެވެ.
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭސީތައް ބޭނުމެއް ނުކުރެވޭ
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
