ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުުން އިލްތިމާސްކޮށްފި އެވެ.
އޮޔާދަނީ "އިންޓަގްރިޓީ ސްޓާ" ކިޔާ ކާގޯ ބޯޓެކެވެ.
އެ ބޯޓު އޮޔާދަނީ، ގަމުގެ އިރުން، ގާތްގަނޑަކަށް 48 މޭލު ބޭރުން އިރު ދެކުނަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރި އެވެ.
ހާއްސަކޮށް ރޭގަނޑު އެ ހިސާބުން ދަތުރުކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. ހާއްސަކޮށް މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަވާނެތީ ކަނޑުތަރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެ އެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޞަބްރީއަށް ކޮރަޕްޝަންގެ ދައުވާ
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ދެ މީހަކު ޖަލަށް
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
