ކ. ގުރައިދޫ ކައިރިން 6 ފޫޓުގެ ކިނބުލެއް ހިފައި, އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްްފި އެވެ.
އެ ކިނބޫ ހިފީ ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، 'ރަންމުތް' ކިޔާ ދޯންޏަކުންނެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އެ ކިނބޫ މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ ކިނބުލަށް "ރާއްޖެއަށް ނާދެވޭ ގޮތަށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް" ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މީގެކުރިން ވެސް ވަނީ ބައެއް ފަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ކިނބޫ ފެނިފަ އެވެ.
ހެނދުނު ކޮފީއެއް ބޯލަންވީ އިތުރު ސަބަބެއް!
ފަހަށް ބަތް ރައްކާ ކުރެވޭ ގޮތަކުން ސިއްހަތަށް ނުރައްކާވޭ!
ކައިވެނީގެ ވާހަކަ އެހުމުން ކްރިތީ ރުޅިގަދަ ވެއްޖެ
