އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ކަރަންޓީން ވާން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި މަސައްކަތްތެރިން ކަރަންޓީންވާން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެގައުމުން އަންނަ ފަތުރުވެރިން ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ވިސާގައި ރާއްޖެ އަންނަ މަސައްކަތްތެރިންނާއި ދިވެހިން، ވެކްސިން ޖެހި ނަމަވެސް 10 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިންޑިއާއިން އަންނަ ޓޫރިސްޓުން ފިޔަވައި، އެގައުމުން އަންނަ އެންމެން ކަރަންޓީންވާން ޖެހޭ ގޮތަށް ހެދި އިރު، އެގައުމުގައި ހަލުވި ކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ވެސް އިންޑިއާ އެވެ. ބައެއް ގައުމުތަކުން މިހާރު އިންޑިއާ މީހުން އެތެރެވުން މަނާކޮށްފަ އެވެ.
އިންޑިއާ އިން އަންނަ ޓޫރިސްޓުން ކަރަންޓީނުވާން ނުޖެހޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލާން ހުޅުވާލައިފި
ރޯދައިން ލިބޭ ނަފްސާނީ ފައިދާތަކަށް ނަޒަރެއް!