ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެ ތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާ އިތުރު 15 ދުވަހަށް ބަންދުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، އާފިޔާ، އަހްމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) އެވެ.
މި ދެމީހުންގެ ތެރެއިން އަހްމަދު އަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އާދިލް ހައްޔަރުކުރީ 27 ދުވަހު އެވެ.
އެ ދެ މީހުންގެ ތެރެއިން އާދިލްގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. އަހްމަދު އަލީގެ ބަންދަށް މީގެކުރިން ޖެހި 10 ދުވަހުގެ ބަންދުގެ މުއްދަތު އަދި ހަމައެއްނުވެ އެވެ. އޭނާގެ ބަންދަށްޖެހީ ފަސް ދުވަސް ކަމަށް ކުރިން ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުންޏެވެ.
އެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ ނަމުގަ އެވެ. އާދިލް އަކީ އެ ކުންފުނީގެ އެއް ޑިރެކްޓަރެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނީ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ. އެތަކެތި ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގަ އެވެ.
ހަށިގަނޑަށް ސަމާލުކަން ހުއްޓާލުމަކީ ބައްޔެއް!
ދީދި ހުންނާނީ މީހެއްގެ ދަށު ނުވެ!
ތެޔޮ ޓޭންކަރު ފަހަތުން ނުދިއުމަށް ރަޝިއާއިން ގޮވާލައިފި
