ކުއްލި ގޮތަކަށް ނިޔާވި ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި އަލީ އަމްޖަދު (އަމްޖު) ގެ ހަނދާނުގައި، ބަންގްލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން ފައިސާ ހަމަކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް އަމްޖު ނިޔާވީ އޭނާ ދުއްވާ ދޯނީގައި ހަބަރު ހުސްވެފައި އޮއްވައި ފެނިގެން ގެންގޮސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެކަމާއި ގުޅިގެން ދިވެހި ޓިކްޓޮކް ކޮމިއުނިޓީން ވަނީ އެހީ ޖަމިއްޔާ މެދުވެރިކޮށް އަމްޖުގެ ހަނދާނުގައި ބަންގްލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ރޭ ފަންޑްރައިޒް އިވެންޓެއް ބާއްވާފަ އެވެ. އިވެންޓް ހޮސްޓް ކޮށްފައިވަނީ ޓިކްޓޮކް ސަމާ އެވެ. ސަމާގެ ލައިވްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެންމެ ބޮޑު ފެންވަޅެއް ބެހެއްޓުމަށް ބޭނުންވާ 17،000 ރުފިޔާ ހަމަކޮށްފަ އެވެ.
މި ލައިވްގައި ޓިކްޓޮކްގެ ދިވެހި ގިނަ އަދަދެއްގެ ތަރިންނާއި މޮޑަރޭޓަރުން އަދި އާންމުން ވަނީ ބައިވެރިވެފަ އެވެ.
އުމުރުން 41 އަހަރުގައި ނިޔާވި އަމުޖު މަޝްހޫރުވެފައިވަނީ ޓިކްޓޮކް ލައިވްތަކުގައި ވަރަށް އެކްޓިވް، އެކުވެރި މަޖާ މިޒާޖެއްގެ މީހެއްގެ ގޮތުގަ އެވެ. އަމުޖު ނިޔާވި އިރު ކައިވެނިކޮށްގެން އުޅެނީ ޓިކްޓޮކްގައި މަސްހޫރު ހަބީބާ (ހަބިއްތަ) އާއެވެ. އެ ޖޯޑަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޖޯޑެއްކަން ފާހަގަކޮށްލެވެ އެވެ.
"ޕްރިޒަވޭޓިވްސް"އިން ކެންސަރަށް މަގުފަހިވޭ: ދިރާސާ
ވެދާންގްއާއި ހުޝީގެ ގުޅުން ނިމުމަކަށް!
ޓޮމްއާއި ސޫރީ އެކުގައި ނުފެންނަނީ މިހެންވެ!