މި ސަރުކާރުން މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ފްލެޓާއި ދޭން ނިންމާފައިވާ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލުން ފަސްކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފްލެޓާއި ގޯއްޗަށް އެދި ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހަފްތާ ބަންދާ ދިމާކޮށް އެކަމަށް ހުޅުވާލުމުން ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު ދިނުމަށް ދަތިތަކެއް ހުރެދާނެތީ އަންނަ އާދީއްތަ ދުވަހު ޕޯޓަލް ހުޅުވާލަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ސަރުކާރުން މާލެ ސަރަހައްދުގައި އަޅަން ނިންމާފައި ވަނީ ކިހާ އަދަދެއްގެ ފްލެޓް ކަމެއް އަދި ނޭނގެ އެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ނުދޭން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމާފަ އެވެ. އެ ރައްޔިތުންނަށް ގޯތި ލިބޭނީ ރަސްމާލެއިން އެކަނި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން ދެތިން ކަމެއް!
ރޭގަނޑު ހޭލާ އުޅޭނަމަ ހަކުރު ބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ
