ކައުންސިލް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން 50 މީހުންގެ ސޮއި ހަމަކުރަން އެންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ހާއްސަކޮށް އީފާސް މެދުވެރިކޮށް 50 މީހުންގެ ސޮއި ހަމަކުރުމަކީ ކެންޑިޑޭޓުންނަށް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އަދި އެއީ ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކީއްވެގެންހޭ ރިކުއާ ކުރަނީ ގާނޫނުގައި ނެތް ކަމެއް؟ މިއީ ކުރެވިގެންވާނެ ކަމެއް ނޫން، އަދި މިއީ އެއްވެސް ބޭނުމެއް އޮތް ކަމެއްވެސް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ސިފަކުރެއްވިގޮތުގައި އެއީ ޖެއްސުންކުރުމުގެ ގޮތުން ކުރާ ކަމެކެވެ.
"މިތާކު ނެތް އެއްބަޔަކަށް ދޫކުރާނެ އެކަކުވެސް. ޖެއްސުނު ހުރިހާ ދުއްޕާނެއް އަންނަނީ ޖައްސަމުން،" ޔާމީން ވިދާޅުވިއެވެ.
އަމިއްލަގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދަށް ތާއީދު ކުރައްވަން ޔާމީން ވަނީ ނިންމަވާފަ އެވެ. ޕީއެންއެފް އިން ވެސް ވަނީ ރަސްމީކޮށް ޒަރިޔަންދު އެންޑޯސްކޮށްފަ އެވެ.
"ދަ ބްލަފް"ގެ ޓްރެއިލާ: ޕްރިޔަންކާގެ ވަރުގަދަ ހުށައެޅުމެއް!
