ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު ހޮވިވަޑައިގެންފި އެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުގެ މަގާމަށް ޝާކިރު ހޮވިވަޑައިގަތީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްދުއްރަޙީމް މިދިޔަ މަހު 31 ގައި އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު ހޮވުމަށް ކުރިއަށްގެންދިޔަ މަރުހަލާއަށްފަހުގަ އެވެ.
އެ މަގާމަށް ޝާކިރު ހޮވިވަޑައިގަތުން އެކެޑަމީގެ މެންބަރުން ވަނީ، މަރުހަބާ ދަންނަވާފައެވެ.
ޅެންވެރިކަމުގެ ދާއިރާއިން ގިނަ ފޮތްތަކެއް ލިޔެ ނެރުއްވި ޝާކިރުއަށް ވަނީ 2022 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައި އެވެ.
ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ދާއިރާއިން 1998 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ވަނީ، ލިބިވަޑައިގެންފަ އެވެ. އޭގެއިތުރަށް، 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ.
އަންނައުނު ގިނަ ދުވަހު ބޭނުން ކުރަން ފަސޭހަ ގޮތެއް!
ބީއެމްއެލް އިން ބޭންކިން ޕްރޮފެޝަން ތަރައްގީކުރަނީ
"މާވެލް"އާއެކު ޝާހްރުކް ޚާން ހޮލީވުޑުން ފެނިދާނެތަ؟