ދިރާގުން ބައިނަލްއަގުވާމީ ތައުލީމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ދިރާގު ސްޓޫޑެންޓް ކަނެކްޓް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
މިއީ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުން ބާރުވެރިކުރުމުގެ މަގުސަދުގައި ދިރާގުން ތައާރަފްކޮށްފައިވާ ހަރަކާތެކެވެ.
"ދިރާގު ސްޓޫޑެންޓް ކަނެކްޓް"ގެ ދަށުން ބާއްވާ ފުރަތަމަ އެޑިޝަން ކަމުގައިވާ "އައިސިކް އެޑިޝަން" ބާއްވައިފައިވަނީ ދަރިވަރުންނަށް ހާއްސަ އޮފަރތަކާއި ޑިސްކައުންޓްތަކާއި، ގޭމިންގެ އިތުރުން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކާއެކުގަ އެވެ. އަދި، މި އިވެންޓުގައި ބައިވެރިވި ދަރިވަރުންނަށް ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑުގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަނެއް ވަނީ މުޅިން ހިލޭ ދީފަ އެވެ. މީގެ ސަބަބުން ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭގެ އެކި އައުޓްލެޓްތަކުން ހާއްސަ އޮފަރތަކާއި ޑިސްކައުންޓްތައް ލިބިގެންދާނެ އެވެ.
މި އިވެންޓުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށް އެހީތެރިވެދީ، ޒުވާނުން އިހުތިޔާރުކުރާ މުސްތަގުބަލަށް ވާސިލުވުމަށް ބޭނުންވާ އަގުހުރި ފުރުސަތުތަކާއި ވަސީލަތްތައް އަދި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ތައުލީމީ ދާއިރާގައި ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓަ އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ އަމާޒަކީ ޑިޖިޓަލް ގޮތުން ކުރިއަރަމުން އަންނަ ޒަމާނެއްގައި، އުނގެނުމަށް ބެނުންވާ އޭއައި ވަސީލަތްތަކުން ފެށިގެން ހައި-ސްޕީޑް އިންޓަރނެޓް ފަދަ ޑިޖިޓަލް ހިދުމަތްތަކުގެ އެހީގައި ދަރިވަރުންނަށް ތައުލީމީ ގޮތުން، އެކި ދާއިރާތަކުން އަދި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރައި ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އައިސިކް މޯލްޑިވްސްގެ ފަރާތުން މި އިވެންޓްގައި ވާހަކަދައްކަވަމުން އިލްޔާސް ހަނީފް ވިދާޅުވީ ދިރާގުން ދަރިވަރުން ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުކަމަށާއި، އަދި ދިރާގާއި އައިސިކް މޯލްޑިވްސްއާ ދެމެދު އޮތް ޕަރޓްނަރޝިޕްގެ ދަށުން ދަރިވަރުންނަށް އަގުހުރި އަދި ބޭނުންތެރި ފައިދާތައް ފޯރުކޮށްދިނުމަށް ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށެވެ.
ދިރާގުން ދަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ތަކެއްގައި ހަތަރު މީހަކު ހައްޔަރަށް
ސައިންޓިފިކް ގޮތުން ވެސް ދީޕިކާގެ ރީތިކަމަށް އެއްވަނަ!
އިރާކޮޅު ނިދަން އާދަކުރަންވީ ގިނަ ސަބަބުތަކެއް!
