ކ. ގުރައިދޫ ކައުންސިލަށް އަމިއްލަގޮތުން ވާދަކުރަން އުޅުނު އަބްދުލްމަޖީދުގެ ކުށުގެ ރެކޯޑު ސާފުކޮށްނުދީ ލަސްކޮށް، އޭނާއަށް ކުރިމަތިލުމަށް ހުރަސްއެޅުމުން ގުރައިދޫ ކައުންސިލްގެ ރައީސްކަން އިންތިހާބަކާ ނުލައި ޕީއެންސީގެ ކެންޑިޑޭޓަށް ލިބިއްޖެ އެވެ.
އަބްދުލްމަޖީދު ވިދާޅުވީ އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށްނުދީ ހިފެހެއްޓީ ވ. ތިނަދޫ ކޯޓުންނެވެ. އޭނާއަށްވުރެ ފަހުން ކުށުގެ ރެކޯޑު ސާފުކުރަން އެދުނު އެ ރަށު މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދީ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަންދެން އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށްނުދީ ގަސްތުގައި ލަސްކޮށްފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.
އަބްދުލްމަޖީދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ ކޯޓުން ނިންމީ ސުންގަޑި ހަމަވުމުގެ ކުރިން ކުށުގެ ރެކޯޑު ހުށަނޭޅުމުން އޭނާއަށް ކުރިމަތިނުލެވޭގޮތް ހެދީ ރަނގަޅަށް ކަމަށެވެ.
ޕީއެންސީގެ ފަރާތުން ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި އިބްރާހީމް ޝަލީޒް އިންތިހާބަކާ ނުލައި އެ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އޭނާ އަކީ މިހާރު ކައުންސިލްގެ ނައިބު ރައީސް އެވެ.
އިންތިހާބަކާ ނުލައި މީގެކުރިން ވެސް ވަނީ ބައެއް ގޮނޑިތައް ޕީއެންސީއަށް ލިބިފަ އެވެ.
ރޯދަ މަލާފަތް: ކަށިކެޔޮ ބަތްޕެނުން ކުޅު ދިޔާ ކޮށްލާނެ!
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
އަލް ފަތުހު މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތް ފަށައިފި
