ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް 150 އަށްވުރެ ގިން މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

ހަ ރަށެއްގެ ސައިޓުތަކުގެ އެކި މަގާމުތަކަށް ބޭނުންވާ ޖުމްލަ 174 މުވައްޒަފުން ހޯދުމަށް އެ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ.

އެއީ: ހއ. އުލިގަން - 50 މުވައްޒަފުން

ނ. މިލަދޫ - 32 މުވައްޒަފުން

އއ. ރަސްދޫ - 42 މުވައްޒަފުން

ޅ. ހިންނަވަރު - 1 މުވައްޒަފު

ޅ. ނައިފަރު - 12 މުވައްޒަފުން

ކ. ކާށިދޫ - 24 މުވައްޒަފުން

ތ. މަޑިފުށި - 13 މުވައްޒަފުން

ވަޒީފާއަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި މެނޭޖަރުންނާއި ސުޕަވައިޒަރުންނާއި ސަޕޯޓް ސްޓާފުންނާއި ޑްރައިވަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންގެ އިތުރުން ސެކިއުރިޓީ ގާޑުން ހިމެނެ އެވެ.

ނަމަވެސް ކައުންސިލްތަކުގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް އެއްވެސް ކައުންސިލަކަށް ސިވިލް ސާވިސް މުވައްޒަފުން ނެގުން ސަރުކާރުން ވަނީ ގާނޫނީގޮތުން މަނާކޮށްފަ އެވެ.