އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ސޮއިކުރުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަދި ރޭގަނޑު 9:30 އިން 12:00 ގެ ނިޔަލަށެވެ.
އެ ކޮމިޝަނުން ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ދާއިމީ ވޯޓާސް ލިސްޓުގައި ސޮއިކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ.
ކެންޑިޑޭޓުން ސޮއި ކުރަމަށް ހަމަޖެހިފައި ވަނީ އިންތިހާބާ ބެހޭ މަރުކަޒުގައި ކަމަށްވެސް އެ އިއުލާނުގައިވެ އެވެ.
ދަރިން ބެލުމުގައި ވަކި މީހެއްގެ ވަކި ދައުރެއް ނޯވޭ: އަބީޝޭކް
ވެކްސް ކުރަންތަ؟ މިކަންކަމަށް ސަމާލުވާތި!
ޓެކްސީ ލައިން: ކާރެއް މަގު މެދަށް ހުއްޓި މުޅި މަގު ބްލޮކުވެއްޖެ
