ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން އައިސްކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން މާދަމާގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާ އާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ދުވަހު ކަސްޓަމަރުންނަށް ސީގަލް ކެފޭއިން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބި، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބިގެންދާނެ އެވެ. މި ގޮތުން، ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށްފަހު ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މި ދުވަހު އައިސްކްރީމް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
ދިރާގު ޕޭއިން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކަން ޓްރަމްޕް އިއުލާންކޮށްފި
ޓިމް ކުކް އެޕަލްގެ ސީއީއޯ މަގާމުން އިސްތިއުފާ ދެނީ
ބްލޭކްއާއި ޖަސްޓިންގެ ކޯޅުމަށް ޖަސްޓިންގެ ރައްދު!
