އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއަށް ސިއްރު މައުލޫމާތު ދެއްވަމުން، އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި އެއްބަސްވުމަކަށް އައުމަށް އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ހުއްދަ ދެއްވާފައިވާ ކަމަށް އިޒްރޭލްގެ ނޫހަކުން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެދިއޯތު އަހްރޮނޮތުއާ ހަވާލާދީ އަލް އަރަބިއްޔާ އިންނެވެ.
މިދިޔަ މަހު އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކުގައި ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އައްޔަންކުރެވުނު މުޖްތަބާ ޚާމަނާއީ ވަނީ އެމެރިކާއާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ރުހުން ދެއްވާފަ އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުން ބޭނުންވާ ޝަރުތުތަކާ އެއްގޮތަށް ހަނގުރާމަ އަވަހަށް ނިންމާލުމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އީރާނުގެ އޮފިޝަލުންނާއެކު ކުރިއަށްދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ ފަދަ ވާހަކަތަކެއް ކަމަށް ފެންނާތީ، އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދޭނެ ކަމަށް ކުރިން ދެއްވާފައިވާ އިންޒާރު މިވަގުތަށް ފަސްކޮށްފައިވާ ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދަނީ އީރާނުގެ އެންމެ އިސް ފަރާތްތަކާއެކުގައި ކަމަށެވެ. ނަމަވެސް އެއީ އެ ގައުމުގެ ރޫހާނީ ލީޑަރު ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ދެކެވޭ ވާހަކަތައް އީރާނު ސަރުކާރުން ވަނީ ރަސްމީކޮށް ދޮގުކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް މީހަކު ކުރިމަތި ނުލި
ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ އެސެސްމެންޓް ހަދަނީ
އީރާނުގެ ނިއުކްލިއާ 2 ސައިންޓިސްޓުން އަވަހާރަކޮށްލައިފި