ވޭތުވެދިޔަ ހުކުރު ދުވަހު އީރާނުގެ ދެކުނު ސަރަހައްދަށް ވައްޓާލި އެމެރިކާގެ އެފް-15 ފައިޓާ ޖެޓުން ގެއްލުނު ކްރޫ މެންބަރު އެމެރިކާގެ ސިފައިން ސަލާމަތްކޮށްފި އެވެ. މި އޮޕަރޭޝަނަކީ އެމެރިކާގެ އަސްކަރީ ތާރީޚުގައި ހިންގި އެންމެ ނުރައްކާތެރި އަދި ކާމިޔާބު އެއް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހެނދުނު ސޯޝަލް މީޑިއާގައި މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ތާރީހީ ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އަދި އެ އޮފިސަރު މިހާރު ހުރީ "ސަލާމަތުން އަދި ގަދަވެ ހެޔޮހާލުގައި" ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި ބޯޓު ވައްޓާލި ވަގުތު އޭގައި ދެ ކްރޫ މެންބަރުން ތިއްބެވެ. ބޯޓު ވެއްޓުމުގެ ކުރިން ދެ މީހުން ވެސް ވަނީ ބޯޓުން ފުންމާލާފަ އެވެ. އޭގެ ތެރެއިން އެކަކު މީގެ ކުރިން އެމެރިކާ ސިފައިން ވަނީ ސަލާމަތްކޮށްފަ އެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާގެ މި ހަނގުރާމަމަތީ ބޯޓު ވައްޓާލާފައިވަނީ އެގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެންނެވެ.
މި އޮޕަރޭޝަން ކުރިއަށްދިޔަ ގޮތުގެ ތަފްސީލުތައް އަދިވެސް ދަނީ ހާމަވަމުންނެވެ. ބޯޓު ވައްޓާލި ސަރަހައްދުން ގެއްލުނު އޮފިސަރު ހޯދުމަށް އެމެރިކާއާއި އީރާނާ ދެމެދު ބޮޑު ރޭހެއް ކުރިއަށް ދިޔަ އެވެ. މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، މިއީ އީރާނުގެ ދެކުނުގައި ހިންގި "ވަރަށް ވަރުގަދަ" ކޮމްބެޓް ސާޗް އެންޑް ރެސްކިއު މިޝަނެކެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. މި ސަލާމަތްކުރުމުގެ އޮޕަރޭޝަނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިންގުނު މުހިންމު ހަރަކާތެކެވެ.
އޭޕްރީލް 5 އަދި 6 ވެސް ސަރުކާރު ބަންދު
ރައީސް މުއިއްޒު ބަލި ގަބޫލު ކުރައްވައިފި
ހިތުގެ ސާޖަރީގެ ކުރިން ސަލްމާންއާއެކު ދެ ގަޑިއިރުގެ ފޯނެއް!