ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ"ގެ ޝޫޓިންގެ ތެރެއިން އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އަކްޝޭއަށް އަނިޔާ ވެފައިވަނީ ފިލްމުގެ މަންޒަރެއްގައި ހިމެނޭ ސްޓަންޓެއް ޝޫޓް ކުރުމުގެ ތެރެއިންނެވެ.

މިފަހުން އާއްމު ވެފައިވާ ފަރުދާގެ ފުރަގަހުގެ ވީޑިއޯއެއްގައި ފެންނަނީ ވަރަށް އުސް ތަނަކުން އަކްޝޭ ފުންމާލާ މަންޒަރެވެ. ފުންމާލި ގޮތަށް ބިންމަތީގައި ޖެހުނު ގޮތަކުން އޭނާގެ ބެލެންސް ކަޓައި ވެއްޓެ އެވެ.

އެ ހާދިސާގައި އަކްޝޭއަށް ލިބުނު އަނިޔާގެ މާ ބޮޑު ތަފްސީލެއް އާއްމު ވެފައި ނުވި ނަމަވެސް އޭނާ އުޅުނު ގޮތުން ވަރަށް ބޮޑަށް އަނިޔާވިކަން ފާހަގަވި އެވެ.

އަކްޝޭއަކީ އޭނާގެ ފިލްމުތަކުގެ ސްޓަންޓްތައް އަމިއްލައަށް ހަދަން ވަރަށް ބޭނުންވާ އެކްޓަރެކެވެ. އެގޮތުން އޭނާގެ ފިލްމުތަކުގައި އޭއައި ބޭނުން ކުރުމާއި ސްޓަންޓް ޑަބަލް އެކްޓަރުން ބޭނުން ކުރަން ވެސް އޭނާ ދެކޮޅު ހަދަ އެވެ.

އޭޕްރީލް މަހުގެ 16 ވަނަ ދުވަހު "ބޫތު ބަންގްލާ" ރިލީޒް ކުރަން ތައްޔާރު ވަމުން އަންނައިރު އެ ފިލްމުގެ އަޑުތައް މީޑިއާގައި އަންނަނީ ގަދަވަމުންނެވެ.