އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ 14:00 ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޗެއާޕާސަން ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެންބަރެއްކަމުގައިވުމާއި ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫންގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވުން ހިމެނެ އެވެ.
ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ހުށަހަޅަންޖެހެ އެވެ.
އެ އިންތިހާބު އޮންނާނީ 12 ޖޫން ވާ ހުކުރުދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8:00ގެ ނިޔަލަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ހިމެނެ އެވެ.
ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވައިފި
އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
