ދިރާގުން ރޯދަމަހު ކުރިއަށް ގެންދިޔަ "ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފި އެވެ.
މިއީ ރޯދަމަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާއެކު އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގައި ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެެއް ބިނދެގެން ކަސްޓަމަރުންނަށް ދުވާލަކު 2 ޖީބީގެ ހިލޭ ޑޭޓާ ދީފައިވެ އެވެ. މީގެ އިތުރުން، މުޅި ރޯދަ މަހުގެ ކޮންމެ ދުވަހަކު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ޗައިނާއަށް ދެ މީހުންގެ ޗުއްޓީ ދަތުރެއް އެ ކުންފުނިން ވަނީ ދީފަ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައި ވަނީ އެޕްރިލް އަށް ވަނަ ދުވަހު ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ކަމަށެވެ. މި ގުރުއަތުން ހޮވިފައި ވަނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.
ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ބޮޑު އިނާމަށް ޝަރުތު ހަމަވުމަށްޓަކައި، ކޮންމެ ދުވަހަކު ކާށި ފަޅައި، ވިދިވިދިގެން 30 ދުވަހު މި ހަރަކާތުގައި ބައިވެރިވާން ޖެހެ އެވެ.
ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިސޯޓް މުވައްޒަފުންނަށް އާ ހޯމް ފައިނޭންސިންއެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ސޯފީއާ ވަކިވިތާ ދެ އަހަރު ފަހުން ޖޯ އާ ލޯބިވެރިއެއް ހޯދައިފި
