އީރާނުގެ މިހާރުގެ ހާލަތަށް ބަލައި، އެމެރިކާއާއެކު އެއްވެސް ބާވަތެއްގެ ސިޔާސީ މަޝްވަރާއެއް ނުކުރުމަށް އެ ގައުމުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ އަންގަވައިފި އެވެ. މިއީ ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އައި ނިންމުމެކެވެ.
މި ނިންމުމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އެ ގައުމުގެ ފައުޖުތައް އޮތީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި މިހާތަނަށް ބޭނުންނުކޮށް ހުރި ގިނަ އަދަދެއްގެ މިސައިލްތައް ހަނގުރާމައަށް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އީރާނުން ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާއަށް ސަނާ ކިޔާ ފޮކްސް ނިއުސްއިން ބުނިގޮތުގައި، އިރާގު ހަނގުރާމައަށްފަހު މެދުއިރުމަތީގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު ޖަމާވުމެއް މިހާރު ދަނީ ހިނގަމުންނެވެ. މިއީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުގެ މި ހަރުކަށި ނިންމުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
އަސްކަރީ ކުންފުންޏެއް ކަމަށް ކަނޑައެޅުމުން އަލީބާބާއިން ކޯޓަށް
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ