އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެެއިން މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދިން މައްސަލަ ރައީސް މުހައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފި އެވެ.

ރަައީސް އޮފީހުން ނެރުނު ބަޔާނެއްގައއި ބުނީ، އާޒިމަށް ހަމަލާދިން ވީޑިއޯ ރައީސް މުއިއްޒަށް ފެނިވަޑައިގެންނެވި ކަމަށާއި އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ.

"ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަން ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

މޭޔަރު އާޒިމް ތުހުމަތުކުރައްވާގޮތުގައި އެއީ ސަރުކާރު އަޑީގައި އޮވެގެން ކޮށްފައިވާ ކަމެކެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު އެކަން ދޮގުކުރައްވަ އެވެ.