ހުޅަނގު މޫސުމުގެ ސަބަބުން މުޅި ރާއްޖެއަށް ވިއްސާރަކުރަމުން ދާއިރު، މާދަމާގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންކަމުން، ކުރިއަށް އޮތް ހަފުތާ ބަންދުގައި ވާރޭ ވެހޭ މިންވަރު މަދުވެ، މޫސުން ކުޑަކޮށް ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މާދަމާއާ ހަމައަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ހަމައެއާއެކު ވައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މިއަދު ނެރުނު އެލާޓްތަކަށް ބަލާއިރު، ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 1:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މަށި މާލި ޕެރޭޑްގައި މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށްފި
ނޫސްވެރިކަމަށް ކަޅު ދުވަހެއް: ދެ ނޫސްވެރިއަކު ޖަލަށް!
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް