ހުޅުމާލެ ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހައިވޭގެ ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 10:12 އެހައިކަންހާއިރު އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެ އެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އާ ކައިވެންޏާ ބެހޭ ގޮތުން އާމިރު ވާހަކަ ދައްކައިފި
މެޑޯނާގެ ބައޮޕިކް ފިލްމުގެ މަސައްކަތް ހުއްޓުނީ ކީއްވެ؟
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް
