ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމާލާއާ ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަން ޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ އެސެސްމެންޓްގެ ތެރެއިން އިތުރު ސާޖަރީތަކެއް ހަދަން ޖެހޭ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ސްޕެޝަލިސްޓް ޓީމަކުން މިހާރު އެކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
މިރޭ ހިނގި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާދިނުމށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 8:30 ހާއިރު އެވެ.
ރައީސް ނަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން ވަރަށް ގިނަ ޒަޚަމްތައް އެބަހުރި ކަމަށާއި ބައެއް ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހާފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
ޒަޚަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަމަށާއި އެހެންނަމަވެސް ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އިންތިހާބު އެއްކޮށްގެން ސަލާމަތްވަނީ ބޮލަކަށް 5 ލާރި: އަހުމަދު
އީރާން މޮޅީ ހަނގުރާމަ ކުރާކަށް ނޫން، އެމީހުން މޮޅީ މަޝްވަރާކުރަން
އީރާނު ސުކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި