ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްޙާގު ހުސައިން މިއަދު އިސްތިއުފާ ދެއްވަފައިފި އެވެ.

މިއީ އޭނާ މި މަގާމާ ހަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހެވެ.

އިސްހާގު މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވުމަށް ފަހު އެވެ. އޭނާ ވަނީ މި ހަފުތާގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިސްތިއުފާގެ ސިޓީ ވަނީ ފޮނުއްވާފަ އެވެ.

އޭނާ މި މަގާމަށް އައްޔަނުކުރެއްވީ 15 އޭޕްރީލް 2024 ގަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މިނިވަން މުއައްސަސާ އެވެ.

މި ޓްރައިބިއުނަލްގައި ރައީސްގެ އިތުރުން ނައިބު ރައީސަކާއި ހަތަރު މެންބަރުން ތިއްބަވަ އެވެ.