ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ގެ ނަން ޕީއެންސީން މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސަކު މިއަދު އިންތިހާބު ކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވަމުންނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމްގެ ނަން ހުށަހެޅީ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެވެ. އަދި އެމްޑީޕީގެ ފަރާތުން ނައިބު ރައީސްގެ މަގާމަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮތުމުން ސަލީމް ނޫން ބޭފުޅަކު މި މަގާމަށް ހޮވޭނެ ކަމަށް ނުބެލެވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އަދި އެކަން އިއުލާން ކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާގަ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު އެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ރައީސް މުހައްމަދު މުއިއްޒުއާ ދެބެންގެ ދެ ދަރި ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ކަންކަން ނާޒިމް ވަނީ ދޮގުކޮށްފަ އެވެ.
އާދަކޮށް ރޭގަނޑު ލަހުން ކާނަމަ ހަށިގަނޑަށް ގިނަ ބަދަލުތަކެއް!
މެޑޮކްސް ވެސް ނަމުން ބައްޕަގެ ނަން އުނި ކުރަނީ!
ސިއްހަތަށް ފައިދާހުރި ކާނާ ވެސް ހުސް ބަނޑާ ކާނަމަ "ވިހައަކަށް"!