މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އަލުން އައްޔަންކުރި މުހައްމަދު ޝަކީލް، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީއާ ގުޅިގެން މިއަދު ބޭއްވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 51 މެންބަރުން އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.
އިއްޔެ މަޖިލީހަށް ހުށަހެޅުނު މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނީ، ޝަކީލްގެ ތައުލީމާއި ތަޖުރިބާއަށް ބަލައި ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން މިދިޔަ ހަފުތާގައި މަޖިލީހުން އިންޓަވިއުކޮށް ރުހުންދީފައި ވާތީ، ރައީސްކަމުގެ މަގާމަށް އޭނާ އައްޔަންކުރަން އިތުރު އިންޓަވިއުއެއް ކުރަން ނުޖެހޭނެ ކަމަށެވެ.
ޝަކީލަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ގައުމީ ބޭންކު (ބީއެމްއެލް) ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްކަމާއި މެންބަރުކަން 2014 އިން 2018 އަށް އޭނާ ވަނީ ފުރުއްވާފަ އެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޝަކީލް އެންމެ ފަހުން ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް މިފަހަރު އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގަ އެވެ.
ޖީބަށް ބަަރު ނުކޮށް ގޭތެރެ ފުރިހަމަ ކޮށްލާނެ ދެތިން ގޮތެއް!
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟