ބޮލީވުޑްގެ "މިސްޓަރ ޕާފެކްޝަނިސްޓް" އާމިރު ހާން އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާއެކު ކުރާ ކައިވެނީގެ ހާއްސަ ވާހަކަތަކެއް ފުރަތަމަ ފަހަރަށް މީޑިއާއަށް ހިއްސާކޮށްފި އެވެ.
ގިނަ ބަޔަކަށް ސިއްރުން، ވަރަށް އާދައިގެ ގޮތަކަށް ބާއްވާ މި "ގަރޭލޫ" (ގޭތެރޭގެ ކުޑަ) ކައިވެނީގެ ހަފްލާގެ ތަފްސީލުތައް އާމިރު ވަނީ ވީޑިއޯ އިންޓަވިއުއެއްގައި ކިޔައިދީފަ އެވެ.
އާންމުކޮށް ބޮލީވުޑްގެ ތަރިން ބާއްވާ ބޮޑެތި، އަގުބޮޑު ކައިވެނީގެ ހަފްލާތަކާ ހިލާފަށް، އާމިރު ބޭނުންވީ އެއްވެސް ކާރޫބާރޫއެއް ނެތް، ހަމަހިމޭން ކައިވެންޏެކެވެ.
އެ ކައިވެނި އޮންނާނީ މުމްބާއީގައި ހުންނަ އާމިރުގެ ގޭގައި މާދަމާ އެވެ.
ވަރަށް ކުރު މެހެމާނުންގެ ލިސްޓެއް!
އާމިރު ބުނި ގޮތުގައި، ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ ހަމައެކަނި އެންމެ ގާތް މީހުންނަށެވެ. މެހެމާނުންގެ ލިސްޓުގައި ހިމެނެނީ އޭނާގެ އާއިލާގެ މެންބަރުންނާއި، ގޯރީގެ އާއިލާގެ މީހުންގެ އިތުރުން ދެމީހުންގެ ވެސް އެންމެ ގާތް މަދު ރައްޓެހިންތަކެކެވެ.
ބޮލީވުޑްގެ ބޮޑެތި ސުޕަރސްޓާރުންނާއި މީޑިއާތަކަށް މި ހަފްލާއިން ޖާގައެއް ނުލިބެ އެވެ. އާމިރު ބުނި ގޮތުގައި، ކައިވެންޏަކީ ދެމީހެއްގެ ދިރިއުޅުމުގެ ވަރަށް ޒާތީ އަދި މުގައްދަސް ފެށުމަކަށް ވާތީ، އެ ވަގުތުކޮޅު ހޭ ދަކުރަން ބޭނުންވީ ހިތާ އެންމެ ގާތް މީހުންނާއެކުގަ އެވެ.
"ގަރޭލޫ" ވެޑިންގްގެ ވިސްނުން
ގޯރީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ވަނީ، ދެމީހުންގެ ވިސްނުންވެސް ހުރީ މިފަދަ ސާދާ ކައިވެންޏަކަށް ކަމަށް ބުނެފަ އެވެ. ބޮޑެތި ހަރަދުތަކެއްކޮށް، ދެއްކުންތެރިކަމުގެ ތެރެއިން އުފާވެރިކަން ހޯދުމުގެ ބަދަލުގައި، ގޭތެރޭގެ ހަމަހިމޭން މާހައުލެއްގައި އާއިލާގެ ހެޔޮ ދުޢާއާއެކު ކައިވެނީގެ ގާތްގުޅުން ގާއިމް ކުރުމަކީ ދެމީހުންނަށްވެސް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
އާމިރު ޚާން ކުރިން ކައިވެނިކުރީ ރީނާ ދައްތާ އަދި ކިރަން ރާއޯއާ އެވެ. އޭނާގެ ދިރިއުޅުމުގެ މި އާ ބާބާއެކު، ސަޕޯޓަރުން އަންނަނީ އާމިރު އަދި ގޯރީއަށް އުފާވެރި ކައިވެނީގެ ތަހުނިޔާ ފޮނުވަމުންނެވެ.
ސިނގިރެޓުން ޑިއުޓީ ކަނޑާލާ ގާނޫނަށް އަމަލުކުރަން ފަށައިފި
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ އުސޫލެއް