ދާރުއްސަލާމް (11 މެއި)- އިޒްރޭލުގެ ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތަކުގައި އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފި އެވެ.
އޭނާ މި އިންޒާރު ދެއްވާފައިވަނީ ހަމާސް ޖަމާއަތުން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި އިޒްރޭލުގެ ދެ އަންހެނަކު މަރުވުމާ ގުޅިގެންނެވެ.
ހަމާސް އާ ދެކޮޅަށް އިއްޔެއިން ފެށިގެން ސަތޭކަ އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ފޮނުވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހަމަލާތަކުގެ ބާރުގަދަ ކުރާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ވީޑިއޯ މެސެޖެއްގައި ބޮޑުވަޒީރު ވިދާޅުވި އެވެ.
އަންގާރަ ދުވަހު ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން ފަސް މިނެޓު ތެރޭގައި 137 ރޮކެޓް ހަމަލާ އިޒްރޭލަށް އަމާޒުކޮށް ފޮނުވާފައި ވާނެ ކަމަށެވެ.
ނަތަންޔާހޫ އިތުރަށް ވިދާޅުވީ ހަމާސްގެ އިސް ބައެއް އޮފިސަރުން މަރާލާފައިވާނެ ކަމަށާއި ހަމާސް އިން އަމާން ނުދީފިނަމަ އެ ޖަމާއަތުން ހީވެސް ނުކުރާފަދަ ހަމަލާއެއް އައިސްދާނެ ކަމަށެވެ.-- އަލް އަރަބިއްޔާ
 ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
			ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 
								
								 މަސްޖިދުލް އަގްސާ ކައިރީގައި ރޯވެއްޖެ
				މަސްޖިދުލް އަގްސާ ކައިރީގައި ރޯވެއްޖެ
				 އަގްސާ ކައިރީގައި ބޮޑު ހަމަނުޖެހުންތަކެއް
				އަގްސާ ކައިރީގައި ބޮޑު ހަމަނުޖެހުންތަކެއް
				 މަސްޖިދުލް އަގްސާގައި ހަމަނުޖެހުމެއް ހިނގައިފި
				މަސްޖިދުލް އަގްސާގައި ހަމަނުޖެހުމެއް ހިނގައިފި
				 
					 
					 
					 
					 
					 
					 
					 
					 
					 
					