ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނުބާއްވާ ގޮތަށް މަޖިލީހުން ނިންމައިފި އެވެ.
އާންމު އުސޫލުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ރަސްމީ ޖަލްސާތައް ބާއްވަމުން އައި ނަމަވެސް، މިއަދުގެ ޖަލްސާ އެޖެންޑާކޮށްފައި ނުވަނީ ކީއްވެގެންކަން މަޖިލީހުގެ އިދާރީ މޭޒުން ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން މަޖިލިސް މެންބަރަކު މީޑިއާ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، މިއަދުގެ ޖަލްސާއާ މެދު ވަކި ގޮތެއް ރަސްމީކޮށް އަންގާފައި ނުވާއިރު، މި ހަފުތާގެ އިތުރު ދުވަސްތަކުގައި ވެސް ޖަލްސާއެއް ނޯންނާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ހާލަތު ސިފަކުރެއްވީ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައި މަޖިލީހުގައި ތަޅުއެޅުވުން ކަމަށާއި، މިއީ ސަރުކާރު ޖަވާބުދާރުކުރުވުމަށް އޮތް ގާނޫނީ ޒިންމާއަށް ހުރަސްއަޅައި ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ ގޮތުގަ އެވެ.
މަޖިލީހުގެ މިހާރު ހިނގަމުންދާ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ހާއްސަ ހާލަތެއް ދިމާވެގެން ނުވަތަ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދައުރުގެ ތެރޭގައި ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް މި ގަވާއިދާ ހިލާފަށް ޖަލްސާތައް މެދުކަނޑާލުމަކީ މީގެ ކުރިން ވެސް ހިނގާފައިވާ ކަމެކެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ދިގުދައްމާލާފައިވެ އެވެ.
ތިލަފުށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން
ބާންހަމް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި