ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔައިރު، ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ ފުރިހަމަ ބާރު ސަރުކާރަށް ދިން ހިސާބުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 152 ބިލިއަން ރުފިޔާ ހަރަދުކޮށް، އޭގެން ރައްޔިތަކަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މުޅިން ފުނޑިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ ފުރިހަމަ ބާރު ސަރުކާރަށް ދިން ހިސާބުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 152 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެން ރައްޔިތަކަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް މާލީ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ޖަމީލް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ސަރުކާރުން ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލުތަކުގެ ސަބަބުން ރިސޯޓުތަކާއި ބޭރުގެ އިންވެސްޓަރުން އިނދަޖެހި ރާއްޖެއާ މެދު އޮތް އިތުބާރު މުޅިން ގެއްލެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔައިރު، ރައްޔިތުން ބަޑަށް ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވި ގޮތުގައި ގައުމު ވެއްޓިފައިވާ މި ނުރައްކާތެރި އިގްތިސާދީ ކާރިސާއިން ސަލާމަތްވާނެ ގޮތުގެ ތަފްސީލީ ހައްލުތައް، ޕީއެންއެފްއިން ކުރިއަށް އޮތް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާމަކުރައްވާނެ އެވެ.
ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލްކުރަނީ
ޗާގޯސްއާ ގުޅޭގޮތުން މަޝްވަރާކުރަން ރައީސްގެ ދައުވަތު ޔޫކޭއަށް