ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނަށް އިސްލާހު ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވައިފި އެވެ.
އެ އިސްލާހު ހުށަހަޅަނީ ކޮން ގާނޫނަކަށް ކަމެއް އެޓާނީ ޖެނެރަލް އޮފީހުން ނުބުނެ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގެ ހަމަޖެއްސުމަށް ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލެއް ވެސް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅެއް ހަމަޖެއްސުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ފޮނުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް އެދިވަޑައިގަތުމުންނެވެ.
ރައީސް އެފަދައިން އެދިވަޑައިގަތީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.