ހޫތީން ފޮނުވާލި ޑްރޯނެއް ވައްޓާލައި ނައްތާލުމުގެ ތެރޭގައި ވެއްޓުނު ބައިތަކެއްގައި ޖެހި، ސައުދީ އަރަބިއްޔާގެ ތާއިފްގައި ދިރިއުޅޭ ޔަމަނު ރައްޔިތަކު މަރުވެ، އިތުރު ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) ރިޕޯޓްކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ އާންމު ސިވިލް ޑިފެންސް ޑިރެކްޓަރޭޓުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދަށް ސިވިލް ޑިފެންސްގެ ޓީމްތައް ވަނީ ފޮނުވާލާފަ އެވެ. ހާދިސާގައި އާންމު ރައްޔިތުންގެ އިމާރާތްތަކާއި އުޅަނދުތަކަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ.
ޑިރެކްޓަރޭޓުން ހާމަކޮށްފައިވާ ގޮތުގައި، ޒަހަމްވި ދެ މީހުންނަކީ ސައުދީ އަރަބިއްޔާގެ އަންހެނަކާއި ޕާކިސްތާނު ރައްޔިތެކެވެ. ޕާކިސްތާނު މީހާ އަށް ފަރުވާދެމުންދާއިރު، ހާލު ސީރިއަސް ކަމަށް ވަނީ ބުނެފަ އެވެ.
ސިވިލް ޑިފެންސުން ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ކަނޑައެޅިފައިވާ ކުއްލި ހާލަތުގެ ފިޔަވަޅުތައް ތަންފީޒުކޮށްފަ އެވެ.
ސައުދީ އާއި ހޫތީންގެ ހަމަލާތަކާއެކު ހަނގުރާމަ ފުޅާވަނީ
ޕީއެންސީގެ ސެނެޓުން ނަމްޒާ އިސްތިއުފާދެއްވައިފި
އިޒްރޭލަށް ތާއީދު ކުރުމުން އެޑް ޝީރަން ބޮއިކޮޓް ކުރަން ފަށައިފި

ހޫތީންގެ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
ހޫތީންގެ ހަމަލާތައް ތާއިފް ހިމެނޭހެން ސައުދީގެ ތިން ސިޓީއަކަށް