ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަންވީ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓްކުރުމުން، އެ ތަނުގެ ސެކިއުރެޓީ މިހާރު ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްފެ ސްޕޯކްސްޕާސަން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ، މަޖިލީހުގެ އިދާރާ އަށް ތްރެޓެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން އެ އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.
"މިވަގުތު ހާލަތަށް ބަލައި ސެކިއުރިޓީގެ ކަންކަން ދަނީ ދަމަހައްޓަމުން،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދީ، މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ފުލުހުން ބުނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުން ދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!