ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމި ނިންމުމާ ގުޅޭގޮތުން ސަރުކާރުން ހާމަނުކޮށް ހުރި މައުލޫމާތުތައް ސާފުކޮށްދޭން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިޓީއެއް ފޮނުވައިފި އެވެ.
ޕީއެންއެފުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރަސްމާލެ ޑީލްގައި ގޮތް ނޭނގޭ އެތައް ކަމެއް ހުރި ކަމަށާއި، އެ މުއާމަލާތުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ، މައުލޫމާތު ސާފުކުރުމަށް 34 ސުވާލެއް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ސިޓީގައި ސާފުކުރަން އެދިފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރަސްމާލޭގެ ބިމުން އީގަލް ހިލްސްއަށް ދޭ ބިމުގެ އަގާއި، އެ ބިން ކުއްޔަށް ދިނުމުގެ ކުރިން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ތަފްސީލު ހިމެނެ އެވެ.
މީގެ އިތުރުން އެ ބިން ހިއްކައި ރިވެޓްމެންޓް ޖެހުމަށް ސަރުކާރުން ކުރި ހަރަދުގެ މިންވަރާއި، 99 އަހަރަށް ބިން ދޭން ނިންމާފައިވާ ގޮތުގެ މާނަކުރުމުގެ އިތުރުން، އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރި އުސޫލާއި، އެ ބިމުން އެއްވެސް މިންވަރެއް އެހެން ބަޔަކަށް މިލްކުކޮށްދެވިދާނެތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ.
އީގަލް ހިލްސްއަށް ރަސްމާލެ ދިނުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.
އެ އެގްރީމެންޓުގެ ތަފްސީލު ހާމަނުކޮށް ސަރުކާރުން ބުނަމުންދަނީ އެތަން ދިނީ ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލޭ 99 އަހަރަށް ކަމަށެވެ.
މި މުއާމަލާތާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، ސަރުކާރުން ބުނަމުންދަނީ މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި، މި އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖެއަށް ނުދެކޭ ވަރުގެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ.
ރައްޔިތުންނަށް ރިސޯޓް ހިއްސާ ބަހަން ކުންފުންޏެއް އުފައްދައިފި
ޖިންސީ ގޯނާގެ ކުށް ސާބިތުވެ ރަޝަލް ބްރޭންޑް 10 އަހަރަށް ޖަލަށް
ރަސްމާލޭން 500 ހެކްޓަރުގެ ބިމެއް ހިލޭ ޔޫއޭއީގެ މެނޭޖްމެންޓް ކުންފުންނަކަށް ދިނުމުގެ ކުރިން މޭޒުމަތީގައި ހުރި ޗޮއިސް ތަކަށް ޖެހޭ ބަލަން ރަސްމާލެ އަކީ ރާއްޖޭގެ އިގްތިސާދީ ލޭންޑްސްކޭޕް ރާއްޖެ ހީވެސް ނުކުރާ މިންގަޑަށް ބަދަލުކޮށްދޭނެ ތަނެކޭ އެކަމަކު އެކަން ނުކުރެވޭނެއޭ ރާއްޖޭން ބޭރު މީހުންނަށް ރަސްމާލެ އަކީ ރަންނަގާ ވަޅަކަށް ބަދަލުކުރެވޭނީ މާލޭ ވިޔާފާރިވެރިންނަށް އެތަނުން ބިން ވިއްކާ އެމެން ތަފާތު ވިޔާފާރި ތައް އެތަނުގައި ކޮށްގެނޭ އިޓްސް ޕްރެކްޓިކަލް އީގަލްސް ހިލްސް އަކުން ނުކުރާނެއޭ އިންވެސްޓެއް
ސަރުކާރުން ކުރިން ބުނަމުން އައީ އީގަލްސް ހިލްސް އިން 25 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށޭ މިހާރު އެއަދަދު ކުއްލި އަކަށް 11 ބިލިއަނަށް ތިރި ވެއްޖެއޭ އީގަލްސް ހިލްސް އިން ތާރޑް ޕާރޓީ ތަކަށް ބިން ވިއްކާ އެމެން އަތުން ފައިސާ ހޯދައިގެން އެބިން ތަކުގައި ކުރާ އިމާރާތް ތައް އެއީ އިންޓަރގްރޭޓެޑް ޓޫރިޒަމް އެއީ ރެސިޑެންޝަލް އަދި ގެސްޓް ވިލާސް އަދި ކޮމާރޝަލް ރިޓެއިލް ވިޔާފާރި ތަކޭ ކޮބާތޭ ތިހާ އަގުބޮޑު ތަންތަނުން ތިތަކެތި ގަންނާނެ ކަސްޓަމަރުން ކޮބާ މީ ސީދާ ކުރާ ބޮޑު ވައްކަމެކޭ އީގަލްސް ހިލްސް އެއީ
މޯލްޑިވްސް ވޯޓަރ ފްރަންޓް އެން މެރީނާ ހިނގާނެ ކަމާއި މެދު ޝައްކޭ ރާއްޖޭގެ ޓޫރިޒަމް ޑައިވަރސިފައި ކުރަން ބޭނުންކުރާ ބައެއް ޓޫލްސް ތައް ވަނީ ފެއިލްވެފައޭ ކްރޮސް ރޯޑް އިން ތައާރަފް ކުރި ވޯޓަރ ފްރަންޓް އެން މެރީނާ ނުހިނގައޭ އެތަނުން ވަނީ ގެއްލުމޭ އެތަނަށް އިންވެސްޓް ކުރުމަށް ފަހު ސިންގްހާ އެސްޓޭޓް އިން އިންވެސްޓް ކުރުން ހުއްޓާލިއޭ 10 ރަށް ހިއްކާ އެންމެ ތިން ރަށް ހަދައިގެން އެމެން އެތިބީ އެތަންތަނުން ފައިސާ ބަނޑުއަޅާލަ އަޅާލާ ރައްޔިތުންނަށް ކުރެވޭ ކަމެއް ނެތޭ ނެތޭ ނެތޭ...
ރަސްމާލޭން ތިހާ އަދަދަށް ފައިސާ ލިބޭނަމަ ދެން ރަސްމާލޭން ހިލޭ 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސް އަށް ދިން އެއްބަސްވުން ސަރުކާރުގެ ބޯއިސް ތައް ނިކުމެ ޕްރޮޕެގެންޑާ ނުފަތުރާ އެ އެއްބަސްވުން ރައީސް އޮފީސް ވެބްސައިޓް ގައި ޝާއިއު ކުރަންވީ ނޫންތޭ ޕީއެންސީ ރިޔާސީ ޓިކެޓް އެރުވި ރޭ މުއިއްޒު ބުނިދޯ އެންމެ އިންޗި އެއްވެސް ނުވިއްކާނެއޭ އިންޗި ނޫނޭ ވިއްކީ ހިލޭ ދިނީ 500 ހެކްޓަރު ދޯ އެނުވާނެ އިންޗިއަށް އެކަން މަމެން ވެސް ގަބޫލުކުރަމޭ އާރފްޓަރ އޯލް އިޓްސް ފޭކް ކުރަނީ މުޅިން ވެސް އަންނަ ރިޔާސީ އިންތިޚާބަށް
އީގަލްސް ހިލްސް އެއީ ޕްރައިވެޓް ކުންފުންނެކޭ އެމެންނަށް އަހަރު ލިބެނީ 170 މިލިއަން ޑޮލަރު ރެވެނިއުގެ ގޮތުގައި ތިބެނީ 476 މުވައްޒަފުން އެއީ މުޅިން ވެސް މެނޭޖްމެންޓް މުވައްޒަފުންނޭ ޕްރޮޖެކްޓް ޑިޕާރޓްމެންޓެއް އަދި ޕްލޭނިންގް އެން ޑިޒައިން ޑިޕާރޓްމެންޓެއް ނުހުރޭ ހުރިހާ ކަމެއް އޮންނަނީ އައުޓް ސޯރސް ކޮށްފައޭ 100 ޑޮލަރުން ނިމޭ ކަމެއް އެމެންނަށް ނިންމޭނީ 1000 ޑޮލަރުންނޭ ތާރޑް ޕާރޓީން ޕްރޮކިއުމެންޓް ޕްރޮސެސް ވެސް ހިންގަނީ ދިވެހިންނަށް އަތްނުފޯރާނެއޭ
އީގަލްސް ހިލްސް ކުންފުންނަކީ ޕްރައިވެޓް ކުންފުންނެކޭ އެމެން ކުރާނެ ކަމަކީ ޔޫއޭއީ ގައި ތިބޭ މުއްސަނދިންނަށް ރަސްމާލޭގެ ބިންތައް ދައްކައިގެން އެބިންތައް ވިއްކައިގެން ލިބޭ ފައިސާ އިން ޓާރންކީ ބޭސިސް އުސޫލުން އެބިންތަކުގައި އަގު ބޮޑު ބިނާތައް ކުރުމޭ އޭގައި ދިވެހިންނަށް އަތްލާނެ ޖާގާ ނުލިބޭނެއޭ އެނުވެސް ވިކޭނެއޭ މިސާލު އެފެންނަނީ ގަތަރުން އެމެން ބޮޑު އަގުގައި ހަދާފައިވާ ހޮޓާ ތައް އެހެރީ ހުހަށޭ ވަންނާނެ މީހަކު ނުވޭ އޮޕަރޭޓިންގް ކޮސްޓް ބޮޑު ކަމުން..
ރަސްމާލޭން 500 ހެކްޓަރުގެ ބިން މިހާރު އަގުމަގުކޮށް 100 އަހަރަށް ވިއްކާލެވޭނެއޭ ކޮންމެ ހެކްޓަރެއް 100 މިލިއަން ޑޮލަރަށް އެއީ 5 ބިލިއަން ޑޮލަރޭ އެއަަދަށް ފައިސާ ލިބިއްޖެނަމަ ހުރިހާ ދަރަންނެއް އެއް ފަހަރާ ދައްކާލާ އަދި ޖީއެސްޓީ ވެސް %8 އިން %2 އަށް ކުޑަކުރެވި ދިވެހި ރައްޔިތުންނަށް ނޭވާލައިގެން މާލޭގައި އުޅެވޭނެއޭ އަދި އެވިއްކާ ބިން ތަކުގައި މަލްޓި ޑިސިޕްލިނެރީ ވިޔާފާރި ފަށާނެއޭ ތަފާތު ޑިސިޕްލިންސް ތަކުގައި ސަރުކާރުން ތިޔާ ޖަހާ ހިސާބު އެއީ ހިޔަންޏަށް މުޑިނަގަނީއޭ އެއިން ނިކުންނާނެ އެއްވެސް ނަތީޖާ
ރަސްމާލެ ތަރައްގީގެ މަޝްރޫއުގެ ތަރައްގީގެ މުއްދަތު ތެރޭގައި 11 ބިލިއަން ޑޮލަރު ލިބޭނަމަ ދެން ރިސޯރޓްސް ތައް ހަދަން ފަޅު ވެސް ދެނީ އެޑްވާންސަށް ފައިސާ ދިނުމުންނޭ މާލެ ވަރުގެ 50 މާލެ ސައިޒުގެ ތަނެއް ރަސްމާލޭން ޔޫއޭއީގެ އީގަލްސް ހިލްސް އަށް ދެން ތިހާ ފައިސާ ހުރި ކުންފުންނަކަށް ހިލޭ ދޭން ޖެހޭނެ ސަބަބަކީ ކޮބައިތޭ ތިޔާ ގޮތަށް ފަލަސްތީނު ބިން ވެސް ވިއްކީ އިންވެސްޓް ކުރާ ގޮތަށޭ މިއަދު އެތަނުގައި އެއޮތީ އިޒްރޭލު ކިޔާ ގައުމެކޭ ފަލަސްތީނު މީހުން ބަނޑަށޭ އެތިބެނީ ހަމައެގޮތޭ ވާނީ ރަސްމާލޭގައި އުޅޭ މީހުންނަށް