ބޮލީވުޑްގެ ތާރީހުގައި ވެސް އުފެއްދި އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "3 އީޑިއަޓްސް"ގެ ސީކުއެލްއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ފިލްމުގެ ލީޑް އެކްޓަރު އާމިރު ހާން ކަށަވަރު ކޮށްދީފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މިހާރު އަންނަނީ މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުންނެވެ.
ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލެއްގައި ވާހަކަ ދައްކަމުން އާމިރު ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ހިރާނީ މި ފިލްމުގެ ފައިނަލް ސްކްރިޕްޓް އޭނާއަށް ކިޔައިދޭނެ އެވެ.
ފުރަތަމަ ފިލްމުގައި ކޮލެޖް ދުވަސްތަކުގެ ވާހަކަތަކާއި ތައުލީމީ ނިޒާމަށް އަލި އަޅުވާލާފައިވާއިރު، ސީކުއެލްގައި ފެނިގެންދާނީ އެ ކެރެކްޓަރުންގެ ދިރިއުޅުމުގެ ފަހުގެ މަރުހަލާ ތަކެވެ.
އެގޮތުން މި ފިލްމުން އެކުވެރިންގެ މިޑް-ލައިފް ކްރައިސިސް ނުވަތަ މެދު އުމުރުގެ ދުވަސްވަރު ކުރިމަތިވާ ކަންކަމާއި އާ ތަޖުރިބާތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
ފުރަތަމަ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އާމިރު ޚާންގެ އިތުރުން އާރް މާދަވަން އަދި ޝަރްމަން ޖޯޝީ ވެސް މި ސީކުއަލްއިން ފެނިގެންދާނެ ކަމަށް އުއްމީދު ކުރެވޭއިރު ސަޕޯޓަރުން ތިބީ މި އާ އުފެއްދުމަށް ކެތްމަދުވެފަ އެވެ.
ރަސްމީކޮށް ސްކްރިޕްޓް ފައިނަލްވުމާއެކު ފިލްމާ ބެހޭ އިތުރު ތަފުސީލުތައް އާއްމުންނަށް ހާމަކުރާނެ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.
ކޮޕް ސަމިޓަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި
ޝާއިފް "ރިސްކު" ވެސް ނަގާނެ ކާމިޔާބު ވެސް ކުރާނެ!
ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ޑިސެމްބަރު 4 ގައި ބާއްވަނީ