ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވަމުން ދާތީ މީހުން ޑޮކްޓަރަށް ދެއްކުމާއި ފްލޫ ކްލިނިކްތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ގިނަ ބަޔަކަށް ބަލި ޖެހެމުންދާތީ އާސަންދައިގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެ މީހުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސަން މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދައްކަން ހަމަޖައްސާފައި ވަނީ އާސަންދައިން ކަނޑައަޅާ އަގެއްގައި އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާ މީހުންނަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދުރު 2:00ގެ ކުރިން [email protected] އަށް އީމެއިލަކުން އަންގަން ހެލްތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ފްލޫ ކްލިނިކްތައް ހިންގަން ވާނީ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއިން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތް ސަރުކާރުން ކަނޑައަޅާ އަގެއްގަ އެވެ. ބަލީގެ ހާލަތު ގޯސްވެ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެއާއެކު، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ.