ކޮވިޑް ހާލަތު އަރައިގަތުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިނިސްޓަރުން އެކުލެވޭ ޓާސްކް ފޯސްއެއް އެކުލަވާލައިފި އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތް ފުޅާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓްގައި ހިމެނޭ މިނިސްޓަރު އެކުލެވޭ ޓާސްކް ފޯސްއެއް މިހާރު އެކުލަވާލެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ވަކި ޓާސްކް ފޯސެއް ހެދިގެންދާނެ ކަމަށާއި މިޓާސްކް ފޯސްތައް މަސައްކަތް ކުރާނީ އެޗްޕީއޭ އާއި އެޗްއީއޯ އާ ގުޅިގެން ކަމަށެވެ.
މިކަމުގެ ސަބަބުން ކޮވިޑް ބަލިމަޑު ކަމަށް އަރައިގަތުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް މަބްރޫކް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޮވިޑް ފެސިލިޓީތަައް އިތުރު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޕީސީއާރު ޓެސްޓް ހެދުމުގެ ކެޕޭސިޓީވެސް އިތުރު ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަމަަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ސަރުކާރުން ނިންމާފައިވާކަން މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެން ނަަމަވެސް ފުރަބަދު ކުރުމަށް ނިންމާފައިނުވާ ކަމަށާއި އަޅާ ފިޔަވަަޅުތަކާ ބެހޭ މަައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
އަދިވެސް ޓާސްކްފޯސްތޯ ނުހެދިގެން މިއުޅެނީ. ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ލައިފި މީހަކު މިކޮޅަށް އައިއްޔާ އައީ މަދު ފަހަރަކު. އެތަނުގައި ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ބަލިމީހުންނާ އަޅާލައި ވާނުވާ ބަލަހައްޓަމުން ގެންދެވޭނެ އިންތިޒާމަކަށް ބޭނުންވަނީ. ޓާސްކްފޯސް ހައްދަވައިގެން ބައިސާކަނޑުއްވަން ތިއްބެވިޔަކަސް ނުވާނެ.
ކޮވިޑް ދައްނުވެގެން މި އުޅެނީ މިނިސްޓަރުންގެ ޓާސްފޯސް ނުހެދިގެންތަ ރަގަޅު ޕްލޭނެއް ނެތީމަ ނުންތަ..