ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ފަންނާނެކެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައިވެސް ފިޔަ ޖަހަމުން އަންނަ ފުންނާބު އުސް ތަރިއެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ޕްރިޔަންކާގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަށެވެ.

ޕްރިޔަންކާގެ އެލް އޭގެ ގެ

ހޮލީވުޑްގައި ނަންކިޔަން ފެށުމާއެކު ޕްރިޔަންކާ ވަނީ ލޮސް އެންޖަލަސް އިން ވަރަށް ފުރިހަމަ ގެއެއް ގަނެފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ގޭގައި ބޯލިން ފީލްޑެއްގެ އިތުރުން އިންހައުސް ޖިމްނޭޒިއަމް އެއް ހުރެ އެވެ. މީގެ އިތުރުން އިންޑިއާގެ ގޯއާ ގައި ވެސް ޕްރިޔަންކާގެ ރީތި ގެއެއް ހުރެ އެވެ.

ޕްރިޔަންކާގެ ކާރެއް

ޕްރިޔަންކާގެ ކާރު ކަލެކްޝަން އަކީ ފާހަގަ ކޮށްލަންޖެހޭ އެކްޗެކެވެ. އޭނާގެ ކާރު ކަލެކްޝަންގައި 5.25 ކްރޯޑްގެ ރޯލްސް ރޯއީސް ކާރެއްގެ އިތުރުން 1.18 ކުރޯޑްގެ މާސިޑީސް ކާރެއް ހިމެނެ އެވެ.

ޕްރިޔަންކާގެ އަނގޮޓި ފެންނަ ފޮޓޯއެއް

ނިކް ޖޯނަސް ޕްރިޔަންކާއަށް ކައިވެނި ހުށެއެޅި އެންގޭޖްމަންޓް އަނގޮޓި އަކީ އޭނާގެ މިލްކިއްޔާތުން ފާހަގަކޮށްލެވޭ އަގުހުރި އެއްޗެކެވެ. ޓިފަނީ ބްރޭންޑްގެ މި އަނގޮޓީގެ އަގު 300،000 އެމެރިކާ ޑޮލަރަށް އަރާ ކަމަށް ދަ ހޮލީވުޑް ރިޕޯޓާ ގައި ބުނެފައިވެ އެވެ.

ޕްރިޔަންކާ އޭނާގެ އެންމެ އަގުބޮޑު ފާ ކޯޓާއެކު

ޕްރިޔަންކާގެ ވޯޑްރޯބް އަކީވެސް އޭނާގެ މިލްކިއްޔާތުން ފާހަގަ ނުކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. އެގޮތުން 20،000 އެމެރިކާ ޑޮލަރުގެ ޕީޓާ ޑަންޑަސް ފޯކްސް ފާ ކޯޓަކީ ޕްރިޔަންކާގެ ވޯޑްރޯބް އިން ވިދާލާނެ އެއްޗެކެވެ. ހެމެއެއާއެކު ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ޝާހީ ކައިވެނީގައި އޭނާ ބޭނުންކުރި އުސް ފައިވާނަކީ ވެސް 1،45،000 ރުޕީސްގެ ފައިވާނެކެވެ.